ރޯދަމަހަށް ޚާއްޞަކޮށްގެން ބާއްވާ އަލްމަރްޙޫމް ޒާހިރު ނަސީރު މެމޯރިއަލް ކަޕް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ރޯދަމަހަށް ޚާއްޞަކޮށްގެން ބާއްވާ އަލްމަރްޙޫމް ޒާހިރު ނަސީރު މެމޯރިއަލް ކަޕް ފަށައިފި

ރޯދަމަހަށް ޚާއްޞަކޮށްގެން ބާއްވާ އަލްމަރްޙޫމް ޒާހިރު ނަސީރު މެމޯރިއަލް ކަޕް 2019 މިއަދު ފަށައިފިއެވެ.

ކުރީގެ ވޮލީބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ކުޅުންވެސް ހިމަނާފައިވާ އިރު، މިއަދު ފަށާފައިވަނީ ފިރިހެން ބައިގެ ކުޅުމެވެ. އަންހެން ބައިގެ ކުޅުން ފަށާނީ މާދަމާއެވެ.

އާޓިފިޝަލް ބީޗް ވޮލީކޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާޢީލް އެވެ.

މި ރަސްމިއްޔާތުގައި ވަނީ އަލްމަރްޙޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވާ އިރު، މި ރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފްއާއި ދިވެހި ވޮލީބޯލް ވެޓެރަންސް އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން ބައިގައިބައިވެރިވެފައިވަނީ ޓީމު ސްޓޭޑިއަމް، ސްކައި، ބީޗް ކިންގް، ހަވަރު ސްޕޯޓްސް، ވެމްކޯ އަދި ބްރައިޑްމޯލްޑިވްސް އެވެ.

މިއަދު ހަވީރު ކުޅުނު 3 މެޗުގެ ތެރެއިން ފުރަތަމަ މެޗު ސްކައި އާ ވާދަކޮށް ސީދާ ދެ ސެޓުން ޓީމު ސްޓޭޑިއަމް ވަނީ މޮޅުވެފައެވެ. ދެވަނަ މެޗު ބީޗް ކިންގް މޮޅުވީ ބްރައިޑް މޯލްޑިވްސް އަތުން ސީދާ ދެ ސެޓުންނެވެ. އަދި ވެމްކޯއާ ވާދަކޮށް ހަވަރު ސްޕޯޓްސް މޮޅުވީ ސީދާ ދެ ސެޓުންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން