4 މަސްދުވަހުގެ މެދު ކެނޑުމަކަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭޑިއޮލޮޖިސްޓެއް ގެނެސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
4 މަސްދުވަހުގެ މެދު ކެނޑުމަކަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭޑިއޮލޮޖިސްޓެއް ގެނެސްފި

4 މަސްދުވަހުގެ މެދު ކެނޑުމަކަށް ފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އާ ރޭޑިއޮލޮޖިސްޓެއް ގެނެސްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓުމެންޓުގައި މީގެ ކުރިން މަސައްކަތް ކުރި ޑޮކްޓަރު ވަނީ 4 މަސް ކުރިން ހޮސްޕިޓަލާ ވަކިވެފައެވެ.

ރ.އަތޮޅުގެ އިތުރުން އުތުރުގެ ގިނަ އަތޮޅު ތަކެއްގެ ރައްޔިތުން ޚިދުމަށް ހޯދަމުން އަންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ މާދަމާ އިން ފެށިގެން ރޭޑިއޮލޮޖިސްޓެއްގެ ޚިދުމަތް އަލުން ލިބިގެން ދާނެ ކަމަށެވެ. 

އަލަށް ގުޅޭ މި ރޭޑިއޮލޮޖިސްޓަކީ މިސްރުގެ ރައްޔިތެއް ކަމަށް ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން