ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖެއްހެ ހާލު ސީރިއަސް ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖެއްހެ ހާލު ސީރިއަސް ވެއްޖެ!

ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖެއްހެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

މިކަން ހާމަކޯށްފައިވަނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ފައިސަލް ގެ ޓްވީޓްގައި ބުނެފައިވަނީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޗިކަންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ދެ ކުދިންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދިނުމަށް ވެސް ފައިސަލް ވަނީ އެދިފައެވެ.

ޗިކަންގުންޔާ ޖެހިގެން ދެ ކުއްޖަކަށް ފަރުވާ ދެމުންދާއިރު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

މަދިރި ހެފުމުން ރައްކާތެރިވެ މަދިރި އާލާވާގޮތަށް ހުންނަ ތަންތަނުން ދުރުވެ ރައްކާތެރިވުމަށް ވެސް ޑރ. ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން