އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަންބަރު ޖަހަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަންބަރު ޖަހަން ފަށައިފި

އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަންބަރު ޖަހަން ފަށައިފިއެވެ.

މިކަމާގުޅިގެން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މިއީ ފުލުހުން ޒިންމާދާރު ކުރަން އެތަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި، ކުޑަ ނަމަވެސް މުހިއްމު ފިޔަވަޅެއް ކަމަށާއި ފުލުހަކީ ކާކު ކަން ރައްޔިތުންނަށް އިނގުމަކީ ފުލުހުންގެ މަސައްކަތް ޒިންމާދާރު ކަމާއެކު އަދާކުރަން ވަރަށް މުހިއްމު ކަމެއްކަމަށެވެ.

ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވަނީ ފުލުހުންގެ މުއައްސަސާއަށް ކަމަށެވެ.

މިއަދު އޮންލައިން