މ. މުލަކުން މަސްތުވާތަކެއްޗާއެކު 19 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
މެއި 18 ވަނަ ދުވަހުގެ 21:38 ހާއިރު މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެރަށު ބަނދަރުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓައިލިތަން ފެނުމުން ފުލުހުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.