އެމްޓީސީސީ ލޯންޗެއްގެ ބެޓަރީ ގޮވައި، ތިން މީހަކު ޒަހަމްވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފަޅުގައި އޮތް "އެކްސްޕްރެސް 1" ލޯންޗުގެ ޕެޓްރޯލް ޕަމްޕް ސްވިޗު ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބާރު އަޑަކާ އެކު ހިނގި މިހާދިސާގައި ތިން މީހަކު ޒަހަމްވެފައިވާއިރު މިމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގަ އަންނަނީ ފަރުވާ ދެމުންނެއެވެ.