އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އަދާލަތާއި ޑީއާރުޕީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ޕީޕީއެމުން ފައިސާ ޚަރަދު ކުރިކަން ބަޔާން ކޮށްފައިވާތީ އެ ޕާޓީ ވެސް 20،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެޕާޓީގެ ފައިސާ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހާ 5،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ