މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ އަދަދު 54،302 އަރައި, އެންމެ މެމްބަރުންގެ ގިނަ ޕާޓީއަކަށް އެމްޑީޕީ ވެއްޖެއެވެ.
މީގެ ކުރިން 48،129 މެމްބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓޯއަކީ މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު ޕީޕީއެމް ވަނީ މެންބަރުންގެ ގޮތުން ދެވަނަ އަށް ވެއްޓިފައެވެ.
ޕީޕީއެމްގެ މެންބަރުން ގެ އަދަދަދު މިހާރު ވަނީ 38،020 ވެއްޓިފައެވެ. އެހެން ކަމުން ޕީޕީއެމް އިން ވަނީ 10109 މެންބަރުން ކުރިއަށް ވުރެ މަދުވެފައެވެ.
ޖޭޕީގެ މެމްބަރުންގެ އަދަދަކީ 9،335 އެވެ. އެމްޑީއޭގެ މެންބަރުން ގެ އަދަދު އުޅެނީ 8،712 ގައެވެ. އަދާލަތު ޕާޓީގެ މެންބްރުންގެ އަދަދަކީ 6،253 އެވެ. އެމްޓީޑީ މެންބަރުން ގެ އަދަދު އުޅެނީ 3،575 ގަ އެވެ. ދާދިފަހުން އުފެއްދި ޕީއެންސީގެ މެންބަރުން ގެ އަދަދަކީ 3،084 އެވެ. މީގެ އިތުރުން ޑީއާރުޕީ މެންބަރުން ގެ އަދަދު 2،870 ގައި އުޅޭއިރު ލޭބާ ޕާޓީގެ މެންބަރުން ގެ އަދަދަކީ 2،766 އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 ހަމަވާ ޕާޓިތަކަށެވެ. އެހެން ކަމުން މިހާރު ދައުލަތުން ދޭ ފައިސާލިބޭނީ ދެޕާޓީ އަކަށެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އެވެ.