ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެރަށުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ހޯރަފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހެކެވެ.

މެއި 19 ވަނަ ދުވަހުގެރޭ 19:56 ހާއިރު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މީނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި މީނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މީނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ.އުތީމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މިއަދު އޮންލައިން