ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާށް މެމްބަރަކު ސޮއި ކުރަން ރޭ ބޭއްވި ހަފުލާއެއްގައި ގާސިމް ދިދާޅުވީ ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ގެނައުމަށް ޖުމްހޫރީ ޕާޓީން ކުރި މަސައްކަތް އެ ޕާޓީން ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ކުރާނެ ކަމުގެ ޔަގީން ކަން ދޭކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ އަމާންކަމާއި އިސްތިގުލާލު ނަގާލައި މީހުންނަށް އަނިޔާވެރިވެ މަސްލަހަތު ނަގާލުމުގެ އެއްވެސް ކަމެއްގައި، ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށާއި އަދި ސަރުކާރުން ކުރާ ކަންތައްތަކަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީ އާއި ދުސްތޫރުގެ ތެރެއިން ކުރާ ކަންކަމަށް ވާ ނަމަ، އަޅުގަނޑުމެން ފަހަރެއްގައި ވެސް ފާޑުކިޔާކަށް ވެސް ނެތިންކަމަށެވެ.
ގާސިމް ވިދާޅުވީ އިންތިޚާބަށް ފަހު އިސްކަން ދެއްވީ ގައުމުގެ ހަމަޖެހުމަށް ކަމަށާއި އެއީ، އަބަދުވެސް ޖުމްހޫރީ ޕާޓީން ކަންކަން ކުރާ އުސޫލް ކަމަށެވެ.