ނަމާދަށް އަންނަ މީހުންގެ ސައިކަލުގަ ސްޓިކާނުޖަހައި ވަގުތުން ފައިސާ އަތުލާނަމަ ތަންކޮޅެއް ރަނގަޅުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނަމާދަށް އަންނަ މީހުންގެ ސައިކަލުގަ ސްޓިކާނުޖަހައި ވަގުތުން ފައިސާ އަތުލާނަމަ ތަންކޮޅެއް ރަނގަޅުވާނެ!

ފްރްޤާން މިސްކިތަކީ 3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ގިނަ ބައަކު ނަމާދަށް ދަނީ ސައިކަލުގައެވެ. މިސްކިތް ކައިރީ ވަނީ ދެ ރޮނގު ދަމައި ޕާކުރުން މަނާކޮށްފައެވެ. ބަދަލެއްގެ ގޮތުން ކުރިމަތީގައި ވަނީ ސައިކަލް ޕާކުކުރެވޭނެ ތަންކޮޅެއްވެސް ހަދައިދީފައެވެ. 

މިއަދުގެ ޢަޞްރު ނަމާދު ވަގުތެވެ. ކުރިން މިސްކިތަށް އަރައި ތިބި މީހުންގެ ސައިކަލްތައް މިސްކިތަ ކައިރީގައި ޕާކް ކުރުމުން ހުރީ ސްޓިކާ ޖަހައިފައެވެ. ޕާކިން ޒޯން ހުރީ ފުރިފައެވެ. ސްޓިކާ ޖެހިނަމަވެސް "އޯކޭ" ކަމަށް ބަލައި މުޅި ސަރަހައްދުގައި ވަނީ ސައިކަލްތައް ޕާކުކޮށްފައެވެ. 

މިކަމުގައި މައްސަލައަކީ ސްޓިކާ ޖަހާނަމަ 250 ރުފިޔާއިން އަދި ނުނިމޭނެ ކަމެވެ. މެންދުރު ނަމާދުގައި ސްޓިކާ ޖަހައިފިނަމަ 250 ރުފިޔާ، ޢަޞްރު ނަމާދުގައި 500 ރުފިޔާ، މަޣްރިބް ނަމާދުގައި 750 ރުފިޔާ، ޢިޝާ ނަމާދުގައި 750 ރުފިޔާ އަރައި ދުވާލަކު 2250 ޖުރުމަނާ ކުރެވޭނެ ގޮތަށް އުޞޫލު އޮތް ކަމެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމަށް ބަދަލެއް ގެނެވޭތޯ ޓްރާންސްޕޯޓް އޮތޯީރިޓީއަށް ވަނީ ހުށަހަޅައިފައެވެ.

ފުލުހުންގެ ބޭކަލަކު ވިދާޅުވީ އެ ސަރަހައްދުގައި ރޮނގުދަމައި ހުސްކުރީ މަގުމަތީގައިވެސް ރަމަޟާން މަހުގެ ކުރީ ކޮޅު މީހުން ނަމާދުކުރީތީ އާއި މިހާރުވެސް ނަމާދު ވަގުތު ތަކުގައި ޑަބްލަކޮށް ޕާކުކުރުން ފަދަ ކަންކަން ކުރުމުން މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާތީ ކަމަށެވެ. އަދި ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި ހިނގާލާފައި މިސްކިތަށް ދިއުން ރަނގަޅުވާނެ ކަމަށެވެ.

މިފަދަ މައްސަލަތައް ކުރިމަތިވަނީ އެންމެ ފަހު ވަގުތު ތެޅި ފޮޅެމުން މިސްކިތަށް ދިއުން ގިނަވާތީކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން