ޕްރެޒެންޓަރ އަނޫޝް ޖޭޕީ އަށް ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ޕްރެޒެންޓަރ އަނޫޝް ޖޭޕީ އަށް ސޮއިކޮށްފި

ޓީވީ ޕްރެޒެންޓަރ އަހުމަދު އަނޫޝް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

މީގެ ކުރިން ފޮރިން މިނިސްޓްރީގެ ކޯރޑިނޭޓަރުކަން ކުރައްވާފައިވާ އަނޫޝް ޖެޕީ އަށް ސޮއިކޮށްފައިވަނީ ޖޭޕީގެ އޮފީސް މ. ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި މެންބަރުކަމުގެ ފޯމް ވަނީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި ހަވާލުކުރައްވާފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަނޫޝް ވިދާޅުވީ ދިވެހިންގެ ދިވެހި ވަންތަކަމާއި ރިވެތި އުޞޫލުތައް ދަމަހައްޓަވައި ދިވެހީން ޚާއްސަކޮށް ޒުވާނުން ކުރިއެރުވުމަށް ޖޭޕީގެ ލީޑަރ ޤާސިމް މަސައްކަތް ކުރެއްވިގޮތް ޅަ ޢުމުރުއްސުރެ ފެނިވަޑައިގެންނެވި ކަމަށާއި އަދި ޖުމްހޫރީޕާޓީގެ ކުރިމަގަށްޓަކައި ޤާބިލްކަން ހުރި މިންވަރަކުން މަސައްކަތްކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނިމިދިއަ ރިޔާސީ އިންތިޚާބުގައި އަނޫޝް ވަނީ މައުމޫން ރިފޯރމް މޫވްމަންޓުގެ މެމްބަރެއްގެ ގޮތުގައި އިދިކޮޅު އިއްތިހާދުގައި މަސައްކަތްކޮށްފައެވެ. 

 

މިއަދު އޮންލައިން