ނުކުޅެދޭ މީހާ ބަނދެ، އަނިޔާކުރި މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ނުކުޅެދޭ މީހާ ބަނދެ، އަނިޔާކުރި މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވަނީ!

ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅުވައި، ހޮޅިދަނޑިއެއްގައި ބަނދެ އަނިޔާކުރި މީހުންނަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވަން ނިންމާފައިވާކަަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައވަނީ މިމައްސަލައިގެ ތަހުގީގުމިހާރު ވަނީ ނިމުމަކާ ގާތްވެފައިވާކަމަށާއި ލަސްތަކެއް ނުވެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

އެހެންނަމަވެސް މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

އަނިޔާވި އަންހެން މީހާ މިހާރު ވަނީ އޭނާގެ ނުކުޅެދޭ 21 އަހަރުގެ އަންހެން ދަރިފުޅާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.  

 

މިއަދު އޮންލައިން