މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ހުށަހެޅި ރިޝްވަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލައެއް ބަލައި ނިމިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ އިން ބުނެފައިވަނީ މިމައްސަލަތަކުގެ ތެރެއިން ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެކު ހަތަރު މައްސަލައެއްގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.
މިއިންތިހާބާގުޅިގެން 22 މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން 10 މައްސަލައަކީ އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަން ފަށާފައިވާ މައްސަލަތަކެކެވެ. އަދި 12 މައްސަލައަކީ އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކެވެ.