އުނގޫފާރުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 23:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 19 އަހަރުގެ މީހެކެވެ.
އުނގޫފާރު ބަނދަރު ސަރަޙައްދުން މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ކަރުދާސްކޮޅު ފެނިފައިވެއެވެ.