ފެންފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 43ސ
ފެންފުށިން މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފި

ފެންފުށިން މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ފެންފުއްޓަށް ދަތުރުކުރަމުންދާ ފެރީއަކުން ފެންފުއްޓަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ.

ފެންފުއްޓަށް އައި އެފެރީން ގެނައި ފޮށިގަނޑާއި ހަވާލުވުމަށް އައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް  ހުރި ރަބަރު ޕެކެޓެއް އެފޮށިގަނޑު ތެރެއިން ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. ކުނބުރުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިއަދު އޮންލައިން