ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލަން ފަށައިފި

ކިޔުމަށް ހޭދަވާނީ 50ސ
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލަން ފަށައިފި

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެރިން އިންވެސްޓިގޭޝަން ޔުނިޓާއި މެރިން އޮޕަރޭޝަން ޔުނިޓާއި އަދި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު ގުޅިގެން، މާލެ ސަރަޙައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މެއި 21ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމަށް ހަމަޖެހިފައިވެއެވެ.

އަދި އެ އުޅަނދަކީ ކަނޑުދަތުރުފަތުރު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ އަދި ދަތުރުފަތުރު ކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމުގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސަން އޮތްތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އަދި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން