ފުލުހުންގެ ބެލުމުގެ ދަށުގަ ހުރި ދަބަސްތަކަކާއި ފޮއްޓެއްގެ ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 29ސ
ފުލުހުންގެ ބެލުމުގެ ދަށުގަ ހުރި ދަބަސްތަކަކާއި ފޮއްޓެއްގެ ވެރިފަރާތް ހޯދަނީ

މާލޭ ގެެއެއްގެ ގޯޅިތެރެއިން ވެރިއަކު ނެތް ދެ ދަބަހާއި ފޮޮއްޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަހުރި، އެތަކެތީގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ

 މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2019 މެއި 15 ވަނަ ދުވަހު މާލޭ ގެއެއްގެ ގޯޅި ތެރެއިންނެވެ.

ވީމާ މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅާއި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޟިރުވެ، މިތަކެއްޗާއި ހަވާލުވެލެއްވުމަށް އެދެއެވެ.

 

މިއަދު އޮންލައިން