ފުލުހުން ތަމްރީނު ކުރުމަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 7 މިލިއަން ދިވެހި ރުފިޔާ ދީފިއެވެ.
ރާއްޖޭގެ އިޖްތިމާއީ، އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދޭ 100 މިލިއަން ދިވެހި ރުފިޔާގެ ތެރެއިން ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ވަނީ 7 މިލިއަން ދިވެހި ރުފިޔާ ދީފިއެވެ.
100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސްޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.