ނަމެއް, ލިޔެކިޔުމެއް އަދި ދިވެއްސަކުވެސް ނެތި ދުއްވަމުންދިޔަ ދޯންޏެއް އެމްއެންޑީއެފާއި ފުލުހުން ހުއްޓުވައި ފަޅުވެރިންނަށް ތިބި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އާޒިމް ވިދާޅުވީ، ދޯނީގައި އެއްވެސް ދިވެއްސެއް ނެތް ކަމަށާއި، ދޯނީގައި ތިބި ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ވޯކްޕާމިޓެއް ވެސް ނެތި ކަމަށެވެ.
އާޒިމް ވިދާޅުވީ މި ދޯނީގައި ހުރީ ފެނަކައަށް ގެންދިޔަ 6،000 ލީޓަރުގެ ތެލާއި ފިނިކުރި ކުކުޅުތަކެއް ކަމަށެވެ.
މިދޯނި އަތުލައިގަނެފައިވަވި އެމްއެންޑީއެފާއި ފުލުހުން މިހާރު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ދަށުން އޮޑިދޯނި ފަހަރު ޗެކްކުރުމުގެ ތެރެއިންނެވެ.
މިދޯނި ހިފެހެއްޓުމަށް ފަހު މިހާރު އޮތީ ފޭދޫ ބަނދަރުގައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.