އިންޑިއާގެ އެހީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އުކުޅަހުގައި ހަދަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
އިންޑިއާގެ އެހީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އުކުޅަހުގައި ހަދަނީ!

އިންޑިއާ ސަރުކާރުން ފައިސާގެ އެހީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އުކުޅަހުގައި ހަދަންނިންމައިފިއެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އ.އ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް 7,806,900.00 ދިވެހި ރުފިޔާގެ ހިލޭ އެހީއެއް ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސެންޓަރުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމެވެ. 

 

މިއަދު އޮންލައިން