ޓެކްސީގެ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޓެކްސީގެ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަނީ

ޓެކްސީ ޚިދުމަތަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރާނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާންކޮށްފިއެވެ.

މިކަމާގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓެކްސީ ޚިދުމަތް ދިނުމަށް އޮންލައިން އެޕްލިކޭޝަނެއް ތައްޔާރުކުރާނެ ބަޔަކު ބޭނުންވާނެ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 އަދި 30 ވަނަ ދުވަހު އެ އޮތޯރިޓީން މައުލޫމާތު ސާފު ކުރުމަށެވެ. އަދި އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.

ޓެކްސީގެ ޚިދުމަތަށް އަގު ކަނޑައެޅުމަށް މީޓަރުގެ ގޮތުގައި އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށާނެ ކަން ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން