ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމަށް  ޕްރޮގްރާމެއް  ފަށައިފި

ހުޅުމާލޭގައި ހިންގާ ގެސްޓް ހަައުސްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޓޫރިސްޓް ޕޮލިހުން ފަށައިފިއެވެ.

އެގޮތުން މިޕްރޮގްރާމްގަައި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް އަދި ގެސްޓްހައުސްތަކުގައި ޤާނޫނީ ގޮތުން ހުރުން ލާޒިމްކުރާ ސަލާމަތީ ވަސީލަތްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ފުށުން ފެންނަ ދިވެހި ސަޤާފަތާއި ބީރައްޓެހި އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވާރާކޮށް މަޢުލޫމާތު ހިއްސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ޓޫރިސްޓް ޕޮލިހާއި ގެސްޓު ހައުސްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހި ފައިވެއެވެ. އަދި ޓޫރިސްޓް ޕޮލިސްގެ ޓޯލް- ފްރީ ނަންބަރު 1478 އިޝްތިހާރުކުރުމާއި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތްތަކާއިގުޅޭ މަޢުލޫމާތު ދިނުމަށްވެސް  ހަމަޖެހިފައިވެއެވެ.

މެއި 22 ވަނަ ދުވަހުފެށި މިޕްރޮގްރާމްގެ ތެރެއިން، ހުޅުމާލޭގައި ހިންގަމުންދާ 88 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ،

މިއަދު އޮންލައިން