ނޭކުރެންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
ނޭކުރެންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކުު މީހަކު ހައްޔަރުކޮށްފިއެވެ.

ނޭކުރެންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ.

މެއި 22 ވަނަ ދުވަހުގެ 23:11 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ނޭކުރެންދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި  ހުރި 15 ސެލޯފިން ކޮޅު ފެނިފައިވެއެވެ.

މިއަދު އޮންލައިން