މާލެއިން އދ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅުނުމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
މާލެއިން އދ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅުނުމީހަކު  ހައްޔަރުކޮށްފި

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، އދ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން އދ. އަތޮޅަށް ފުރާ ފެރީ ލޯންޗަކުން އެއަތޮޅަށް މަސްތުވާތަކެތި  ގެންދަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 21 ވަނަ ދުވަހުގެ 14:32 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.

މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެ ލޯންޗުގައި މިމީހާ އިން ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި  އަޅާފައިހުރި ޖޫސް ޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި  އަޅާފައިހުރި ރަބަރު ޕެކެޓަކާއި، އަދި މަސްތުވާތަކެތި  ހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިއަދު އޮންލައިން