ތިނަދޫގައި ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ތިނަދޫގައި ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިއްޖެ!

ގދ. ތިނަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިއަ ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިއްޖެއެވެ. 

ފުލުހުން ބުނެފައިވަނީ ފާރުގައި ޖެހުނީ ދުއްވާފައި ދިއަ ސައިކަލަކުން ނައްޓަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ފާރު ވެއްޓުމުގެ ކާރަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. 

މީގެ އިތުރުން މިއަދު ވަނީ އެމްއޭސީއެލްގެ ފިޔުލް ވެހިކަލަކާއި ކާރެއް ވެސް ޖެހި އެކްސިޑެންޓްވެފައެވެ. އަދި ކުޅުދުއްފުށީގައި ވަނީ ޕިކަޕަކުން ޖެހި ހޮޅިދަނޑިއެއްވެސް ވެއްޓިފައެވެ. 

މިއަދުގެ އެއްވެސް ޙާދިސާއެއްގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން