މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރި އެއާލައިނަކަށް އެމިރޭޓްސް އެއާލައިންސް ވެއްޖެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ތެރޭގައި އެމިރޭޓްސް އެއާލައިންގެ ފްލައިޓްތަކުން 3,236 ދަތުރު ރާއްޖެއަށް ކޮށްފައިވެއެވެ.
މިދަތުރުތަކުގައި ޖުމްލަ 352,786 މީހުން ރާއްޖެއަށް ދަތުރުކުރިއިރު 365,788 މީހުން ރާއްޖެ އިން ބޭރަށް ފުރާފައިވެއެވެ. އަދި މިތުރުތަކުގައި 10,487,697 ޓަނުގެ މުދާ ރާއްޖެ އެތެރެކުރިއިރު މިމުއްދަތުގެ ތެރޭގައި 2,569,345 ކިލޯގެ މުދާ ރާއްޖެއިން ވަނީ ބޭރުކޮށްފައެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސްރީލަންކަން އެއާލައިންސް އެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް ދަތުރުކޮށްފައިވަނީ ގަތަރު އެއާވޭސް އެވެ.