މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ހިސާބުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ މާލެ ސިޓީން ފެށިގެން ތ. އަތޮޅާއި ހަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 19:00 އާއި ހަމައަށެވެ.
ޔެލޯ އެލާރޓް ނެރުމުން، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:
· ކަނޑު ދަތުރު ކުރުމުގައި ސަމާލުވުން.
· ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުޢާސަލާތީ ވަސީލަތްތައް ހަމަކުރުން.
· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތްތަކަށް ތައްޔާރުވުން.
· ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގެއިން ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
· ފެންޖެހި ހަލާކުވާނެފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.
· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.