ހައްދުންމަތި މާމެންދޫގަ ފެންބޮޑުވެ ރަށުގެ ބޮޑު ބައެއް ފެނު އަޑީގަ - އިންޖީނުގެއަށް ފެންވަދެ ކަރަންޓު ކެނޑިފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހައްދުންމަތި މާމެންދޫގަ ފެންބޮޑުވެ ރަށުގެ ބޮޑު ބައެއް ފެނު އަޑީގަ - އިންޖީނުގެއަށް ފެންވަދެ ކަރަންޓު ކެނޑިފަ

- 200 ގެއަކަށް ފެން ވަދެއްޖެ 

ހައްދުންނައްޗަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާމެންދޫގައި ބޮޑުވެ ރަށުގެ ބޮޑު ބައެއް ފެނުއަޑީގައި ވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ރަށުން މައުލޫމާތު ދިން މީހަކު ބުނީ އިންޖީނުގެ ސަރަހައްދުގައިވެސް ފައިގެ ފަލަމަސްގަނޑާއި ހަމައަށް ފެންބޮޑުވެފައިވާ ކަމަށާއި އިންޖީނުގެއަށް ފެންވަދެ އިންޖީނުތަކަށް ގެއްލުން ލިބުމުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. 

ފުލުހުން ބުނީ ފުލުހުންނާއި ރަށު ކައުުންސިލް އަދި ރައްޔިތުންނާއި ސިފައިންގެ ގުޅިގެން އެކަން ރަށުން ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެމްއެންޑީއެފުން ޕަމްޕު ގުޅައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

މައުލޫމާތު ލިބޭ ގޮތުން ފޮނަދޫގައިވެސް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް އެރަށުގައި ކަރްންޓް އެބަހުއްޓެވެ. 

ފުލުހުން ބުނީ ހިތަދޫގެ 30 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި މާމެންދޫގެ 200 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ.

 

 

 

 

 

މިއަދު އޮންލައިން