މިހާރު ކުރަމުންދާ ވިއްސާރައިގައި ގަ އަދި ގދ އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގދ ތިނަދޫގެ 3 ގެއަކަށް މިހާރުވެސް ފެން ވަދެފައިވާ ކަމަށާއި ފެން ހިނދުމަށް ސިފައިންނާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ގއ. މާމެންދޫގައިވެސް ފެން ބޮޑުވެފައިވާ ކަމަށާއި އެރަށުގެ އިންޖީނުގެއަށް ފެންވަނުމުގެ ސަބަބުން އިރުއިރުކޮޅާ ކަރަންޓު ކަނޑަމުންދާ ކަމަށެވެ.