ޝުކުރިއްޔާ - ހެޕީ މާކެޓް!: ޢީދަށްވެސް ކުކުޅު ކިލޯއެއް އެންމެ ތިރީސް ރުފިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޝުކުރިއްޔާ - ހެޕީ މާކެޓް!: ޢީދަށްވެސް ކުކުޅު ކިލޯއެއް އެންމެ ތިރީސް ރުފިޔާ!

ޢީދަށް ބޭނުންވާ ކުކުޅު ވެސް ހެޕީ މާކެޓުން ވިއްކަނީ ކިލޯއެއް އެންމެ 30.62 (ތިރީސް ރުފިޔާ ފަސްދޮޅަށް ދޭއް ލާރި) އަށެވެ. މީގެ އިތުރުން ކުކުޅު ފައި ޕެކެޓެއް ވިއްކަނީ އެންމެ 46 ރުފިޔާއަށެވެ. ބޯންލަސް ކުކުޅު މަސް ޕެކެޓް ވިއްކަނީ ކިލޯއެއް އެންމެ 53 ރުފިޔާއަށެވެ. ކުޜަނޑިު ކިލޯއެއް އެންމެ 49.82 ރުފިޔާއަށެވެ. ބީފް ޗަންކް ކިލޯއެއް އެންމެ 61.48 އަށެވެ. 

މީގެ އިތުރުން ބާޒާރުގައި ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ހުރިއިރު ހެޕީމާކެޓުން ގެންދަނީ ލުބޯ ކިލޯއެއް 29 ރުފިޔާއަށް ވިއްކަމުންނެވެ. 

ރޯދަ މަސް ފެށުމާއިއެކު ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ބާވަތްތަކުގެ އަގު ހެޔޮ ކުރިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެހެން ބާވަތްތައްވެސް ހެޕީ މާކެޓުން އަދިވެސް ގެންދަނީ ވިއްކަމުންނެވެ. 

ރޯދަ މަސް ފެށުމާއިއެކު ބާޒާރުގައި މުދަލުގެ އަގުތައް އުފުލެން ފެށިއެވެ. ހެޕީ މާކެޓުން މިދެއްކި ނަމޫނާ ހުރިހާ ވިޔަފާރިވެރިން ވެސް ދައްކައިދޭނެ ނަމަ ރައްޔިތުންގެ ޖީބުތަކަށް ވަރަށް ބޮޑަށް ލުއިވާނެއެވެ. 

ކުކުޅު ކިލޯއެއް އެންމެ 30 ރުފިޔާއަށް ގަންނަން ލިބުމަކީ ގިނަ ބައަކު ވަރަށް އުފާކުރި ކަމެކެވެ. 

ޝުކުރިއްޔާ! ހެޕީމާކެޓް!

 

 

މިއަދު އޮންލައިން