ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ނުބެލެހެއްޓޭކަން ހާމަކޮށް އިއްޔެ މީޑިއާގައި ޢާންމުކުރި ވީޑިއޯއަކީ މާކުރީގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. އަދި ކުރިން ހިނގާފައިވާ މިފަދަ ކަންކަމުގެ ވީޑިއޯއަކާއި ފޮޓޯތައް ހާމަކޮށްގެން ކުޑަކުދިންގެ ހިޔާގެ ކަރާމާތަށް ގެއްލުން ނުދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވީޑިއޯގައި ފެންނަނީ ސަލާމަތީ ގޮތުން އެއްވެސް ރައްކައުތެރިކަމެއް ނެތި ކުދިން އިމާރާތަށް އަރައި އުޅޭތަނެވެ. ވީޑިއޯ ޢާންމުކޮށްފައިވަނީ މިފަދަ ކަންކަމަކީ ދިމާވާ ހާދިސާއެއްގެ ސަބަބުން ކުދިންގެ ފުރާނައަށް ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަންކަން ކަމުގައި ފާހަގަކޮށެވެ.
"ކުޑަކުދިންގެ ހިޔާ"ގައި ކުދިން ބެއިތިއްބައިގެން ބެލެހެއްޓުމަކީ ހަމައެކަނި އެކުދިންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނޫން"ކަން ގިނަ ބައަކު އަބަދުވެސް ގެންދަނީ ފާހަގަކުރަމުންނެވެ.