ފަލަސްޠީނާ ސީރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ލޯތްބާއިއެކު" ކެންޕޭނަށް 3,202,226.82 ރުފިޔާ ލިބުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަލަސްޠީނާ ސީރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ލޯތްބާއިއެކު" ކެންޕޭނަށް 3,202,226.82 ރުފިޔާ ލިބުނު!

އިންޓަރނޭޝަނަލް އެއިޑް ކެންޕޭނުން ފަލަސްޠީނާ ސީރިޔާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ލޯތްބާއިއެކު" ކެންޕޭނަށް 3,202,226.82 ރުފިޔާ ލިބުނު ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.  

އެޖަމިއްޔާގެ ޑިރެކްޓަރ އިންޓަރނޭޝަނަލް ރިލޭޝަންސް، މުޙައްމަދު ޢަލީ މިއަދުނޫހަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ އެޕްރިލް މަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއަ މި ކެންޕޭނުގައި 3,202,226.82 ރުފިޔާ (207,667.10 ޑޮލަރު) ލިބުނު ކަމަށެވެ. މީގެ ތެރެއިން 1,728,598.87 ރުފިޔާ ލިބިފައިވަނީ ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް ކަމަށާއި1,473,627.9 ރުފިޔާ ލިބިފައިވަނީ ސީރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށެވެ.

 

މުޙައްމަދު ޢަލީ ވިދާޅުވީ މިފައިސާއިން މިހާރުވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. "މިފައިސާ އިން އެހީތެރިވަނީ ތުރުކީގަ ތިބި ފަލަސްޠީނުގެ ރައްޔިތުންނަށާއި ސީރިޔާގެ އިދްލިބްގައި ތިބި ސީރިޔާ ރައްޔިތުންނަށާއި ލެބަނަނާއި ލެބަނަން ބޯޑަރުގައި ތިބި ސީރިޔާ ރައްޔިތުންނަށާއި ޣާޒާގެ ރައްޔިތުންނަށް." 

މުޙައްމަދު ޢަލީ ވިދާޅުވީ މިފައިސާ އާއި ބެހޭ ހުރިހާ ތަފްޞީލުތަކެއް ޢާންމުކޮށް ހާމަކުރައްވާނެ ކަމަށެވެ. "އަޅުގަނޑުމެންގެ ޖަމާއަތަކީ މިނިވަން އޮޑިޓަރަކު އޮޑިޓްކުރާ ޖަމާއަތެއް. މި މަސައްކަތް އަޅުގަނޑުމެން އިތުބާރާއިއެކު ކުރާތާ 3 އަހަރުވެއްޖެ." ކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވިއެވެ. 

މިއަދު އޮންލައިން