ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތިންވަނަ ފަހަރަށް ފުލުހުން ހައްޔަރުކޮށް މުއްދަތުޖެހުމަށް ގެންދިއުމުން ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު އަނެތްމީހާ ކޯޓުން ދޫކޮށްލައިފިއެވެ.
މިކަމާއިގުޅިގެން ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 25 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖެހުމަށްފަހު އަންހެން މީހާގެ ބަލި ޙާލަތަށް ބަލައި އޭނާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
މިދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ދަންވަރު 3:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ގެ އެއް ބަލައި ފާސްކުރުމަށްފަހުގައެވެ.