ޑްރައިވަރަށް ނިދިޖެހި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ރީތިގަސްމަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ ވާތް ފަރާތުގައި ހުރި ގަހެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމަށާއި މި އެކްސިޑެންޓް ހިނގަން ދިމާވީ ޑްރައިވަރަށް ނިދިޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެ ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެ އިންޖީނު ވަނީ އެތެރެއަށް ވަދެފައެވެ.
މި ހާދިސާ ހިނގިއިރު އެ ކާރުގައި ތިބީ ތިން މީހުންނެވެ. އެހެންނަމަވެސް މި ތިންމީހުންނަށް އެއްވެސް އަނިޔާ އެއް ނުވެއެވެ.