މޯދީގެ ތަޤްރީރާ މަޣްރިބް ނަމާދާ އެއްވެސް ގުޅުމެއް ނެތް! މާދަމާ މީހަކު އަންނާތީ މިއަދު ހުކުރަށް ދާން އުނދަގޫކުރުމަކީ މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މޯދީގެ ތަޤްރީރާ މަޣްރިބް ނަމާދާ އެއްވެސް ގުޅުމެއް ނެތް! މާދަމާ މީހަކު އަންނާތީ މިއަދު ހުކުރަށް ދާން އުނދަގޫކުރުމަކީ މައްސަލައެއް!

މާދަމާ ރޭ 6.45 ގައި ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަޤްރީރު ކުރުމާއި މެންބަރުންގެ މަޣްރިބް ނަމާދާއި އެއްވެސް ގުޅުމެއް ނެތެވެ. މަޖިލިސް ކުރާގެ އާއި ޖެހިގެން ހުރި މިސްކިތުން ރޯދަ ވީއްލައި ޖަމާއަތުގައި މަޣްރިބް ނަމާދުކޮށް 6.33 ގައި ނިމޭނެތީއެވެ. ނިމިގެން 1 މިނިޓް ތެރޭގައި މަޖިލިސް ކުރާގެއަށް ވަދެވޭނެތީއެވެ. 

ދެން އޮންނާނީ ތަޤްރީރު ނިންމާ ގަޑިއެވެ. 7.36 ގެ ކުރިން ތަޤްރީރް ނިންމައިފިނަމަ ޢިޝާ ނަމާދު ޖަމާއަތުގައި ކުރެވޭނެއެވެ. 

ނަމަވެސް މާދަމާ މޯދީ ވަޑައިގަންނަވާތީ މިއަދު އިސްލާމީ މަރުކަޒަށް ހުކުރަށްދާން ދަތިކުރިކުރުން ބަލައިގަންނަން ގިނަ ބައަކަށް އުނދަގޫވިއެވެ. އެކަމުގެ ޝަކުވާ ވެސް ޓްރެފިކް ބަލަހައްޓަން ތިބި ފުލުހުންނަށް ކުރިއެވެ. 

ހުކުރަށް ދާން ދަތިވާގޮތަށް މިއަދު ބައެއް މަގުތައް ބަންދުކުރީ ކޮން ޤައުމެއްގެ ސެކިޔުރިޓީންގެ ބާރުގައިކަން އެނގިފައެއް ނުވެއެވެ. ގިނަ ބައެއްގެ ޝަކުވާ އަކަށްވީ މާދަމާ މީހަކު ރާއްޖެ އަންނާތީ މިއަދުގެ ހުކުރު ނަމާދަށް ދާން ހުރަސްތައް ކުރިމަތި ކުރުވުމެވެ. ހެންވޭރުން އިސްލާމީ މަރުކަޒަށްދާ މައިމަގު، ސޯސަންމަގުން ފެށިގެން މިއަދު އޮތީ ބަންދުކޮށްފައެވެ.

މިއަދު އޮންލައިން