ހުކުރަށް ހުއްޓައި އަނބުރައިވެއްޓުނު އަޝްރަފް ސައީދުގެ ކަށުނަމާދު ކުރުން މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ. 3

އައިޖީއެމްއެޗުން ބުނީ އަޝްރަފް ނިޔާވީ ފަރުވާދެމުންދަނިކޮށް ކަމަށެވެ.
ޑރ. އިޔާޟް ވިދާޅުވީ އަޝްރަފަކީ ވަރަށް ހިތްހެޔޮ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި އަޚެއް ކަމަށެވެ. "އެނާގެ ފާފަ ފުއްސަވައި ދެއްވަވައި ރަޙްމަތް ލައްވަވާށި. ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވަވާށި. އާމީން!"
"ހުކުރު ނަމާދަށް ހުއްޓައި ވެއްޓި ނިޔާވި އަޚާއަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވަވާށިއެވެ. ކޮންފަދަ ހެޔޮ މަރެއްތޯއެވެ! މި އުނދަގޫ ދަނޑިވަޅުގައި އަޅުގަނޑު އެދެނީ، ކީރިތި މާތް ﷲ އެ ޢާއިލާއަށް ކެތްތެރިކަން ދެއްވެވުމެވެ! އާމީން" ޝައިޚް ޢަލީ ޒައިދު