ފަތުރުވެރިކަމުގެ ހާއްސަ 3 އެވޯޑް އަނެއްކާވެސް ރާއްޖެ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފަތުރުވެރިކަމުގެ ހާއްސަ 3 އެވޯޑް އަނެއްކާވެސް ރާއްޖެ ހޯދައިފި

ދުނިޔޭގެ ފަތުވެރިކަމުގެ ސިނާއަތުގެ އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެނޑް އިންޑިއަން އޯޝަން ކެޓެގަރީއިންި 03 އެވޯޑެއް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.   

އެގޮތުން ފަތުރުވެރިންނަށް އެންމެހިތްގައިމު މަންޒިލެއްގެ ގޮތުގައި " އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން އެވޯޑް،" ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ދެކިލަން ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައި " އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް،" އަދި ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލުމަށް ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައި  "އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހާސިލް ކޮއްފާވަނީ ދިވެހިރާއްޖެއިންނެވެ.  

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމެވެ. މި ކުލަގަދަ ހަފްލާ ކުރިއަށް ހިނގީ 06 އޮކްޓޯބަރ 2018 ގައ ސައުތް އެފްރިކާ ގެ ދަ އިންޓަރ ނެޝަނަލް ޑާރބަން ކޮންވެންޝަން ސެންޓަރގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެނޑް އިންޑިއަން އޯޝަން ކެޓެގަރީ ގައި ރާއްޖެއާއި ވާދަކޮށްފައި ވަނީ މޮރިޝަސް، ސީޝެލްސް ފަދަ ޤަައުމުތަކެވެ.

2018 ވަނަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ދިވެހިރާއްގެ ޒިއާރަތް ކޮށްފައިވެއެވެ. ރާއްޖެއަށް ގިނަ އެވޯރޑްތަކެއް ލިބިގެންދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ބަލައިގަތުމެވެ. މިފަދަ މަތީ ހަރުފަތަކަށް ރާއްޖެ ދިޔުންވެގެންދާނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރު ވެގެންދާނެކަމެއްކަމަށެވެ.

 

 

މިއަދު އޮންލައިން