ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މާޕް އިން ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މާޕް އިން ބާއްވަނީ

ދިވެހި ރާއްޖޭގައި ފުރަތަމަ ބާއްވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް2019 އޮގަސްޓް 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައއިވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބުނެފިއެވެ.   

އެއްދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ މެއިން އޮޑިޓޯރިއަމްގައެވެ.

"ބިލްޑިންގ އެން އެގައިލް ކަލްޗަރ" ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި ސްމާޓް އެންޑް ކޮރިއޭޓިވް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި ކޮންފަރެންސްގެ ސްޕީކާސްގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކަކީ ލީޑަޝިޕް ސްޕީކަރ ، އޯތަރ އަދި ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓެއް ކަމުގައިވާ ކެންނެތު ކުއާން ގެ އިތުރުން އެއިޓްކެން ސްޕެންސް ހޮޓެލްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ – ޓެލެންޓް މެނޭޖްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް، ތަރާކާ އަޕުހަމީ ހިމެނެއެވެ. ހަމަ މިއާއިއެކު ބޭންކް އޮފް މޯލްޑިވްސްގެ ހެޑްއޮފް އެޗްއާރ ބިޒްންސް ޕާޓްނާރ އަހްމަދު އިބްރާހިމް އާއި ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޑައިރެކްޓަރ އޮފް އެޗްއާރ އެންޑް ޓްރެއިނިންގ އަހުމަދު ސައީދު ވެސް މި ކޮންފަރެންސް ގައި ވާހަކަ ދައްކަވާނެއެވެ.   

މި ކޮންފަރެނަސް އާއި ބެހެގޮތުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ އެޗްއާރ އަދި އޮގަނައިޒޭޝަންލް ޑިވެލޮޕްމަންޓް ގެ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ލާނިންގ އެންޑް ޑިވެލޮޕްމަންޓްއަށް ޚާއްސަ ކޮންފަރެންސް އެއް ބޭއްވިގެން މިދަނީ މިފަދަ ކޮންފަރެންސްއެއް މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވެފައިވާ މިންވަރު ދެނެގަނެވިފައި ވާތީއާއި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުން އެއްތަނަކުން ދިމާވެ، މައުލޫމާތު ބަދަލުކުރެވި އެއްފަރާތް އަނެއްފަރާތާއި ރަގަޅު ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުމުގެ މަޤްސަދުގައި ކަމަށެވެ. 

މި ކޮންފަރެންސްގައި ގާތްގަޑަކަށް 300 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެއެވެ. ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތު ތައް ލިބެގެންދާނެއެވެ. 

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖަމިއްޔާއިން މިދިއަ އަހަރު މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މި ކޮންވެންޝަން އަކީ މިގޮތަށް ރާއްޖޭގައި މިހާ ފުރިހަމަކޮށް ބޭއްވިގެން ދިޔަ ހަމައެކަނި ކޮންވެންޝަންކަން ފާހަގަ ކޮށްލެވެއެވެ.  

މިއަދު އޮންލައިން