ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސިޓީ) ގެ 4 ވަނަ ބައްދަލުވުން ރާއްޖޭގަ ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސިޓީ) ގެ 4 ވަނަ ބައްދަލުވުން ރާއްޖޭގަ ފަށައިފި

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސިޓީ) ގެ 4 ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ.

2 ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މި ބައްދަލުވުމަކީ، "ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)" ތަންފީޒުކޮށް ސާކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދައި އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. 

ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓުގައި ސާކް މެންބަރު ޤައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް ސާކް ފްރޭމްވަރކް އެގްރީމަންޓެއް ވަނީ އެކުލަވާލާފައެވެ. އަދި ސާކްގެ ދޭދޭ ޤައުމުތަކުގެ މެދުގައި އެޤައުމެއްގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން، ވޮލަންޓަރީކޮށް ކަރަންޓު ގަނެވިއްކުމަށް 2014 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ސާކް އެނަރޖީ ރެގިއުލޭޓަރސްގެ ދެވަނަ ބައްދަލުވުމުގައި އެނަރޖީ ރެގިއުލޭޓަރސް އެކްސްޕަރޓުންގެ ކައުންސިލެއް 2016 ވަނަ އަހަރު އެކުލަވާލައި އަދި ކޮންމެ އަހަރަކުވެސް މި ކައުންސިލްގެ ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ. މި ކައުންސިލްގެ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ އާއި ސާކުގެ އެހެނިހެން ގައުމަތަކަށް ހަކަތައިގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މިއަދު އޮންލައިން