ދުވަހަކުވެސް މޯބައިލްފޯނެއް ނުގެން ގުޅުއްވާ ކަމަށާއި މޯބައިލް ފޯނެއް ދުވަހަކުވެސް ބޭނުންފުޅު ނުކުރައްވާ ކަމަށާއި ކޮންމެ ޤައުމެއްގައި ހުންނެވި ނަމަވެސް އަބަދުވެސް ބޭނުންފުޅު ކުރައްވަވަނީ ލޭންޑް ލައިން އާއި ލޭންޑް ފޯން ކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތް މިނިސްޓަރ މޫމިނާ ޙަލީމް ވިދާޅުވެއްޖެއެވެ.
އެކަމަނާ ވިދާޅޚުވީ އެކަމަނާގެ ނަމުގައި ޓްވިޓަރ އެކައުންޓެއް ހަދައިގެން އުޅޭ މީހާ އެކުރަނީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެއީ ޝަރީއަތަށް ގެންދަންޖެހޭ ޒާތުގެ ކަމެއް ކަމަށެވެ. "ފޮޓޯވެސް ޖަހައި މީހުންގެ ޙައްޤަށް އަރައިގަތުން ނޫންތޯ އެކުރާ ކަމަކީ؟ މީހުން ދައްކާހިތް ނުވާ ޒާތުގެ ވާހަކަ، މީހުން ނުދައްކާ ވާހަކަ މީހުންގެ ނަމުގަ ދެއްކުމަކީ."
https://twitter.com/hamdhaan623/status/1137785509105741824?ref_src=twsrc%5Etfw