ރާއްޖޭގެ އެންމެ މަގުބޫލް ރިސޯޓަކަށް ލަކްސް ނޯތު މާލެ އެޓޯލް ހޮވިއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ވެބްސައިޓް ކަމަށްވާ ޓްރިޕްއެޑްވައިޒާގައި ރާއްޖޭގެ 282 ހޮޓަލެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެތެރެއިން ލަކްސް ނޯތު މާލެ އެޓޯލް އެއްވަނަ ހޯދާފައިވަނީ ޓްރިޕްއެޑްވައިޒާގައި އެކި ފަރާތްތަކުން ކޮށްފައިވާ ރިވިއުތަކަށް ބިނާކޮށެވެ.
ލަކްސް ނޯތް މާލެ އެޓޯލް އަކީ މޮރިޝަސްގެ ހޮޓެލް ޗެއިން، ލަކްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ.
މި ރިސޯޓް ފަރުމާކޮށްފައިވަނީ ހުސް ހުދު ނުވަތަ އަލި ކުލަތައް ބޭނުންކޮށްގެން އާންމުކޮށް ރާއްޖެއިން ނުފެންނަ ފަދަ ތަފާތު ކޮންސެޕްޓަކަށެވެ. މިކޮންސެޕް ފަރުމާކޮށްފައިވަނީ ދިވެއްސެކެވެ.
މި ރިސޯޓްގައި ޖުމްލަ 67 ވިލާ ހުންނައިރު މީގެ ތެރެއިން 37 ވިލާ އަކީ މޫދު ކޮޓަރީގެ ގޮތުގައި ފަރުމާކޮށްފައިވާ ކޮޓަރިތަކެވެ.