އިމިގްރޭޝަންގެ އޮފީހެއް އެ އަތޮޅު ދިއްދޫގައި މިއަދު ހުޅުވައިފިއެވެ.
މިއޮފީސް ހުޅުވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދް ހުސައިން (ހަަނަފީ) އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި އެ އޮފީހުގެ އޮފީސްތައް ހުޅުވަނީ އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ.
މިއޮފީސް މެދިވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.