ލިކަމެކް ނައިޓް މާކެޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ލިކަމެކް ނައިޓް މާކެޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ލިކަމެކް ކުންފުނިން ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި މޭޒު ދޫކުރަން ފަށައިފިއެވެ.

އޯގަސްޓް މަހުގެ 29 އިން ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ނައިޓް މާކެޓްގައި 6 މީޓަރުގެ 450 ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ސްޓޯލެއްގެ އަގަކީ 6000 ރުފިޔާ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާލެއިންނަމަ ޝީބިލްޑިން ތިންވަނަ ފަނގިފިލާ އިން އަދި ހުޅުމާލެއިންނަމަ ކޮމިއުނިޓީ ސެންޓަރުން މޭޒު ގަންނަން ލިބޭނެއެވެ.

ލިކަމެކް ކުންފުނިން ވަނީ މިއަހަރު ރޯދަމަހުގެ ކުރިން ދަރުބާރުގޭގައި ނައިޓް މާކެޓެއްވެސް ބާއްވާފައެވެ. ބައިލައްކައަށްވުރެ ގިނަ މީހުން އެ ނައިޓް މާކެޓަށްވެސް ޒިޔާރަތްކޮށްފައިވާ ކަމަށް ލިކަމެކް ކުންފުނިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން