ދެ މަހުގެ ތުއްތު ކުއްޖަކާއެކު އެއް އާއިލާއެއްގެ ފަސް ކުޑަ ކުދިން ޖެންޑާއިން ނަގައިފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ދެ މަހުގެ ތުއްތު ކުއްޖަކާއެކު އެއް އާއިލާއެއްގެ ފަސް ކުޑަ ކުދިން ޖެންޑާއިން ނަގައިފި

ފޮޓޯ: ނާރެސް

ދެ މަހުގެ ތުއްތު ކުއްޖަކާއެކު ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުޑަ ކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

 

އެނގިފައިވާ ގޮތުގައި ޖެންޑާގެ ޓީމެއް އިއްޔެ ލަންދޫ އަށް ގޮސް، އެކުދިންގެ މައިންބަފައިންގެ އަތުން އެފަސްކުދިން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށެވެ.

 

އެގޮތުން އެކުދިން ޖެންޑާއިން ނެގީ، އެގޭގެ ސާފުތާހިރުކަމާއި ގޭތެރޭގެ އެހެން ކަންކަން ވެސް ހުރި ގޮތުން، އެގޭގައި ކުޑަ ކުދިން ބައިތިއްބަން އެކަށީގެން ނުވުމުގެ ސަބަބުން ކަމަށާއި އޭގެ ތެރެއިން ބައެއް ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއާއިލާ ދިރިއުޅެމުން ދަނީ ލަންދޫގައި އެހެން މީހެއްގެ ގޭގައެވެ.

 

        

ފޮޓޯ: މިހާރު

 

އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް އެގޭގެ ބައެއް ފޮޓޯތައް ލިބިފައިވާއިރު، އެފޮޓޯތަކުން ފެންނަ ގޮތުގައި އެގޭގެ ބަދިގެއާއި ގިފިލިތެރޭގައި ވެސް އެއްވެސް ސާފު ތާހިރުކަމެއް ނެތެވެ. އަންނައުނުތައް ވެސް ހުރީ އެތަން މިތަނަށް އުކާލާފައެވެ. ތުއްތު ކުއްޖާ ބާއްވާފަ އޮންނަ އެނދުވެސް ނުތާހިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އެކުދިން އިއްޔެ ގެންދިޔައިރު، އެކުދިން ފުރާތަން ބަލަން އަފަސް ކުދިންގެ މައިންބަފައިންގެ އިތުރުން ރަށުގެ ގިނަ ބަޔަކު ވެސް ތިއްބެވެ. އެކުދިންގެ މައިންބަފައިންގެ ޖިސްމާނީ އަދި ނަފްސާނީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މަންމަ ގޭގައި ހުންނައިރު ބައްޕަ އާމްދަނީ ހޯދަނީ ރަށުތެރޭގައި އެކިއެކި މަސައްކަތް ކޮށްގެންކަން ވެސް އެނގިފައިވެއެވެ.

 

މިއަދު އޮންލައިން