ޖިނާޢީ މައްސަލަތައް ޕްރޮސެކިޔުޓް ކުރުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ އެ ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ޕްރޮސެކިޔުޓަރުންގެ މެދުގައި މަޝްވަރާ ކުރުމަށް މަހާސިންތާއެއް ފަށައިފިއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޕީޖީ އޮފީހުން ބުނީ ޕީޖީ ޢައިޝަތު ބިޝާމްގެ އިސް ނެންގެވުމަށް މިއަދު ފެށި މި މަހާސިންތާ ބާއްވަނީ އެކަމަނާގެ އިސް ނެންގެވުމަށް ކަމަށެވެ. އަދި މި މަހާ ސިންތާގައި ޕީޖީ އޮފީހުގެ މަސައްކަތްތަކަށް މިހާރު ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ނައްތައިލެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަރަށް ފުޅައުދާއިރާއެއްގައި މަޝްވްރާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖިނާޢީ މައްސަލަތަކުގައި ދައުވާ ކުރުމަސް މިހާރު ހުރި މައްސަލަތައް ހައްލުވެގެން ދިއުމަށް އުންމީދު ކުރާ ކަމަށެވެ.
މިމަހާސިންތާއި ޕީޖީ އޮފީހުގެ ބައިތަކުގެ އިތުރުން ގުޅުން ހުރި އިދާރާތަކުންނާއި ކޯޓުތަކުންވެސް ބައިވެރިވެއެވެ.