ވިލިނގިލީ ޒުވާނުން ޑަސްޓްބިންތަކެއް ހަދައި ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ވިލިނގިލީ ޒުވާނުން ޑަސްޓްބިންތަކެއް ހަދައި ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓައިފި

ގއ. ވިލިނގިލީ ޒުވާނުން އިސްނަގައިގެން ރަށް ސާފުކުރުމަށް ފެށި #ސާފުވިލިނގިލި ހަރަކާތުގގެތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ތަކެއް ބަހައްޓައިފިއެވެ. 

މިއީ ޒުވާނުން އަމިއްލައަށް ހެދި ޑަސްޓްބިންތަކެކެވެ. 

ކުނީގެ މައްސަލަތަކަކީ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާއިރު ވިލިނގިއްޔަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށުގެ ބައެއް އަންހެނުން އިސްނަގައިގެން ރށުތެރެ އާއި ގޮނޑުދޮށް ސާފުތާހިރުކޮށް ބޭއްވުމަށް ވެސް ގެންދަނީ މަސައްކަތްކުރަމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

 

 

 

 

މިއަދު އޮންލައިން