އިންވެސްޓަރުންނަށް ފަހި ވާނެ ގޮތަށް ޤާނޫނު އިޞްލާޙްކުރާނީ ރާއްޖޭގެ އަމިއްލަވަންތަކަން ނުގެއްލޭނެ ގޮތަށް: އަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އިންވެސްޓަރުންނަށް ފަހި ވާނެ ގޮތަށް ޤާނޫނު އިޞްލާޙްކުރާނީ ރާއްޖޭގެ އަމިއްލަވަންތަކަން ނުގެއްލޭނެ ގޮތަށް: އަމީރު

އިންވެސްޓަރުންނަށް ފަހި ވާނެ ގޮތަށާއި ރާއްޖޭގެ އަމިއްލަވަންތަކަން ނުގެއްލެނެ ގޮތަށް ގާނޫނުތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

ކުރުނބާ މޯލްޑިވްސްގައި މިއަދު ކުރިއަށް ގެންދާ 4 ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ތަޢްރީރުކުރައްވަމުން އަމީރު ވިދާޅުވީ ރާއްޖޭގައި ބާއްވާ ހަތަރުވަނަ ޕާޓްނާޝިޕް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ޕޮލިސީ ރިފޯމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އަމީރު ވިދާޅުވީ ގައުމު އެކަނި ކުރާ މަސައްކަތުން ގައުމު ކުރިއަރައި ތަރައްގ ނުވެވޭނެ ކަމަށާއި  މިސަރުކާރުން ގަބޫލު ކުރަނީ ރާއްޖެ އަށް ތަރައްގީ އަންނާނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންގެ އެހީގައި ކަމަށެވެ. އަދި އެހީތެރިވެދޭ ފަރާތްތަކާށއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

ރާއްޖެއަކީ މީހުން ދިރިއުޅޭ، ދުރުގައި އޮތް ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤަުމެއްކަން އަމީރު ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން ޤައުމު ތަރައްޤީވެގެން ދިއަ ނަމަވެސް އެ ތަރައްޤީގެ ފައިދާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ލިބެމުން ނުދާކަން ވެސް އަމީރު ވަނީ ފާހަގަކުރައްވައިފައެވެ.

 

 

މިއަދު އޮންލައިން