އީޔޫ އިން ރައީސް ޔާމީނުގެ ވެރިކަމުގަ ރާއްޖެއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އީޔޫ އިން ރައީސް ޔާމީނުގެ ވެރިކަމުގަ ރާއްޖެއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި

ރައީސް ޔާމީނުގެ ވެރިކަމުގައި އީޔޫ އިން ރާއްޖެއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ. 

އީޔޫއިން ބުނެފައިވަނީ އެކަން ފާސްކުރީ ކައުންސިލުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ބޮޑު އަޣްލަބިއްޔަތަކުން ކަމަށެވެ. އަދި އެގޮތަށް ފާސްކުރީ ރާއްޖޭގެ ޙާލަތަސް އިޞްލާޙީ ބަދަލުތަކެއް އައުމުން ކަމަށެވެ. 

އެގޮތުން މިނިވަން މަޖިލިސް އިންތިޚާބެއް ބޭއްވިފައިވާ ކަމާއި ޑިމޮކްރަސީ އާއި "ގުޑް ގަވަރނަންސް" ނިޒާމް ހަރުދަނާކޮށް އިންސާނީ ޙައްޤުތައް ރާއްޖޭގައި މިހާރު ހިމާޔަތްކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ! 

އެއްޖިންސުން ގުޅުން ހުއްދަ ނުކުރުމާއި ދީނީ މިނިވަންކަން ރާއްޖޭގައި ނުދިނުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގަމުން އަންނަ އިމްޕޯޓް ޑިޔުޓީ އީޔޫ އިން މިހާރުވެސް ގެންދަނީ ނަގަމުންނެވެ. 

މިއަދު އޮންލައިން