ބޭސްފަރުވާއަށް މިއަދު މާލެ ގެނައި ޤައިދީއަކު ސިއްރުން ޖަލަށް ވައްދަން އުޅުނު 12 ސިމްކާޑާ ފޯނުގެ 4 ބެޓެރީ ޖަލު އޮފިސަރުން ހޯދައިފި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒްންސް ޢަބްދުﷲ މުޢާޛް ވިދާޅުވެއްޖެއެވެ.
މިތަކެތި ދިނީ ކާކުކަން ޤައިދީ ނުބުނި ނަމަވެސް ސިމްކާޑުތައް ގަނެފައިވަނީ ކޮން ބައެއްކަން ހޯދޭނެކަން ފާހަގަކުރެވެއެވެ.
ޖަލުގައި ހިންގާ އޮޕަރޭޝަން ތަކުގައިވެސް ގިނަ އަދަދެއްގެ ފޯނު ފަދަ ތަކެތި ދަނީ ހޯދަމުންނެވެ.